logo

ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި

profile

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 11:48

ޒަހަމްތަކަކާއި އެކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.

https://wamco.com.mv/

ޔާމީން ރަޝީދު މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް، އެ ދެ މީހުންނާއި އެ މައްސަލައިގައި ކުށް ސާބިތު ނުވެ ސަލާމަތްވި އިތުރު ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން އެންގީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނޭހެން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ ޤަތުލުކޮށްލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ، ހ.އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއީލާއި، ގދ.ގައްދޫ ސިންދުބާދުގޭ، މުޙައްމަދު ދިފްރާނާއި، މ.ކުދެހިގޭ ޙަސަން ޝިފާޒާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު ޔާމީން ރަޝީދު މަރާލާފައިވަނީ އޭނާ ދިރިއުޅުނު މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

މީގެ ކުރިން ދައުލަތުން ކޯޓުގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެންކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay