logo
އިޖްތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް /  ފޮޓޯ: ރައީސް އޮފީސް

އިޖްތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް / ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް 110 ކުދިން އާއިލާތަކާއި ވަނީ ހަވާލްކުރެވިފައި: ވަޒީރު އާއިޝަތު ޝިހާމް

profile

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 12:19

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުއްޖަކު އާއިލާތަކާއި ހަވާލު ކުރެވިފައިވާ ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވަޒީރު ޑރ އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ 2023 ނޮވެމްބަރުން ފެށިގެން މިހާތަނަށް 110 ކުއްޖަކު އާއިލާތަކާއި ހަވާލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮންމެ ކުއްޖަކަށް އާއިލާއެއް ސިޔާސަތުގެ ދަށުން ސަރުކާރުން ދަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާއި ހަވާލްކުރަމުން ދާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހިންގަމުން ގެންދާ ކޮންމެ ކުއްޖަކަށް އާއިލާ އެއް ޕްރޮގްރާމަކީ ކާމިޔާބު އަދި ތަރުހީބު ބޮޑު ޕްރޮގްރާމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އަމިއްލައަށް އެދިގެން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ފޮސްޓަރ ކުރާ އާއިލާތަށް ދުވަހެއް ދުވަހަށް އިތުރުަމުންދާ ކަމަށެވެ. މިގޮތަށް ކުދިން ފޮސްޓަރ ކޮށް ބަލަހައްޓާ އާއިލާތަށް ވުޒާރާއިން މޮނިޓަރ ކުރަމުންގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 156 ކުއްޖަކު ތިބިކަމަށް އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay