
އެއް ނަމްބަރުގައި އުޅަނދު ބޭއްވޭނީ 10 ދުވަސް ވަންދެން: އެމްޕީއެލް

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 13:17
އުޅަނދަކަށް އެއް ނަމްބަރު ޖެޓީގެ ތޮއްޓާއި ކައިރިކޮށްފައި އޮވެވޭނީ ގިނަވެގެން 10 ދުވަސްވަންދެން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ވަނީ އެމްއެމްއޭ ކުރިމަތި ސަރަހައްދަށް ބަދަލުކޮށްފައެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށެވެ.
އުޅަނދަކަށް އެއް ނަމްބަރު ޖެޓީ އާއި ކައިރިކޮށްގެން ގިނަވެގެން އޮވެވޭނީ 10 ދުވަހު ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. އެއަށްފަހު އެ އުޅަނދު ދުރުކުރަންޖެހޭނެ ކަމަށް އެމްޕީޢެލް އިން ވަނީ ބުނެފައެވެ. އުޅަދެއް ދެވަނަ ފަހަރަށް އެއް ނަމްބަރު ތޮއްޓާއި ކައިރި ކުރެވޭނީ ކިއުގައި ޖެހިގެން ކަމަށްވެސް ވަނީ ބުނެފައެވެ،
އެމްޕީއެލް އިން ވަނީ އުޅަނދުތައް އެޅުމަށް އެމްއެމްއޭ ކުރިމަތިން ހާއްސަ ސަރަހައްދެއް ކަނޑައަޅައި އެތަންތަނުގައި އުޅަނދު ބޭއްވޭނެ ތަންތަން ފާހަގަ ކޮށްފައެވެ.
މި ބަދަލާއެކު އެއް ނަމްބަރު ޖެޓީގެ ތޮއްޓާއި ކައިރިކޮށްފައި އުޅަނދަކަށް ބޭއްވޭނީ 10 ދުވަހަށެވެ. މި ހިދުމަތް ދެމުން މިހާރު ދަނީ ހިލޭ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ އަބްދުﷲ މުއްތަލިބު ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބޮޑުތަކުރުފާނު މަހުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއު އަންނަ ރަމަޟާން މަސް އަންނަން ވާއިރަށް ނިންމައި އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލްކޮށްފައިވަނީ އެމްޓީސީސީ އާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން އެފޯޑެބަލް ހައުސިންގ މަޝްރޫއު ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި
21 މިނިޓު ކުރިން

ހުއްދަނެތި ފައިސާގެ މުއާމަލާތް ކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
22 މިނިޓު ކުރިން

ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރަން އެމްއޭސީއެލް އާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
2 ގަޑިއިރު ކުރިން

ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކަށް ގިނަ ދައުވާ އުފުލައިފި
2 ގަޑިއިރު ކުރިން


