logo

ހުއްދަނެތި ފައިސާގެ މުއާމަލާތް ކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 15:19

ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތު ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

https://wamco.com.mv/

ލައިސެންސް ނުނަގާ ވިޔަފާރިކުރުމުގެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު އިމޮން ކަޒި އާއި މުހައްމަދު ޔޫސުފް ޕްރޮދަން އަދި ކަޒި ރައިހާން ( އެވެ. މި ތިން މީހުންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ.

މި ތިން މީހުންވެސް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ މުހައްމަދު އިމޮންގެ ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އިންޓަލިޖެންސް ރިޕޯޓްގައި ބަޔާންކުރާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

މައްސަލައިގައި މުހައްމަދު ޔޫސުފް ޕްރޮދަން އަދި ކަޒި ރައިހާން ބައިވެރިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި މައްސަލައިގެ އިންޓަލިޖަންސް ރިޕޯޓަށް ބާރުދޭ އިތުރު ޑިޕޮސިޓް ސިލްޕް ހިމެނޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay