
3000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެ: ބީއެމްއެލް

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 16:13
3000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނީގެ ފަރާތުން މިއަދު ވަނީ އެފޯޑެބަލް ހައުސިންގ ޔުނިޓް އެޅުމަށް ބޭރުގެ ދެ ކޮންޓެކްޓަރުންނާއި ހަވާލުކޮށްފައެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނީގެ ފަރާތުން މިއަދު މަސައްކަތް ހަވާލްކުރި ހައުސިންގ ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއި އެކު އިތުރު ހައުސިންގ ޔުނިޓްގެ މަސައްކަތް ހަމަޖެހުމަށް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖުމްލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖަނަވަރީ މަހު ފެށިގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.
މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ.
އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ.
އަދި އެ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެ ހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނި ހިންގަމުންދަނީ އެމްއެމްއޭގެހުއްދައާއެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުގެ ސަބްސިޑަރީކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުންދިނުމަށާއި، އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށްއެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށްހަރުދަނާ ކޮށްދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން 359 ހައުސިންގ ޔުނިިޓްގެ މަސައްކަތް ދިވެހި ކޮންޓްރެކްޓަރުންނަށް
ގަޑިއިރެއް ކުރިން

ބީއެމްއެލްއިން އެފޯޑެބަލް ހައުސިންގ މަޝްރޫއު ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި
4 ގަޑިއިރު ކުރިން

ހުއްދަނެތި ފައިސާގެ މުއާމަލާތް ކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރަން އެމްއޭސީއެލް އާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
5 ގަޑިއިރު ކުރިން


