logo

ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން 359 ހައުސިންގ ޔުނިިޓްގެ މަސައްކަތް ދިވެހި ކޮންޓްރެކްޓަރުންނަށް

profile

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 17:33

ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ދިވެހި ކުންފުނިތަކާއި ހަވާލްކުރަން ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

https://wamco.com.mv/

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނީގެ ފަރާތުން މިއަދު ވަނީ އެފޯޑެބަލް ހައުސިންގ ޔުނިޓް އެޅުމަށް ބޭރުގެ ދެ ކޮންޓެކްޓަރުންނާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިކަން ހާމަކޮށް ބޭންކްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ އެފޯޑެބަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުގެ ދަށުން މިއަދު މަސައްކަތް ހަވާލުކުރެވުނު ހައުސިންގ ޔުނިޓްތަކުގެ އިތުރުން ދިވެހި ކުންފުނިތަކާއެކު އިތުރު ހައުސިންގ ޔުނިޓްތައް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ މަދުވެގެން 359 ހައުސިން ޔުނިޓެވެ

ސައީދު އިތުރަށް ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ބީއެމްއެލް އިން 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓްތައް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަަމަށެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.

މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ.

އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އުފައްދާފައިވަނީ އެމްއެމްއޭގެ އައިއެންއޭއެޗް ސިޔާސަތު ތަންފީޒުކުރުމަށް ހާއްސަކޮށްފައިވާ ބެންކުގެ ސަބްސިޑީއެއްގެ ގޮތުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay