
ދަރިވަރަކަށް ޖިންސީ ގޯނާކުރި ޓީޗަރަކަށް ގިނަ ދައުވާ އުފުލައިފި

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 13:17
އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރަކަށް ގިނަ ދައުވާތަކެއް އުފުލައިފިއެވެ.
13 އަހަރުގެ އަންހެން ކުއްޖަކު ދިރިއުޅޭ ކޮޓަރިއަށް ވަދެ، އެ ތަނުގައި ގިނަ ވަގުތު ހޭދަކޮށް ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މ. ސަދަންބީޗު، ނަބީލު އަބްދުﷲގެ މައްޗަށް މި މަހުގެ 18 ގައި ފަސް ދައުވާއެއް ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ދައުވާތަކުގެ ތެރޭގައި ހިމެނެނީ.
ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން
ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ނިޔަތުގައި، އެ ކުއްޖާ ހުންނަ ގެއަށް ނުވަތަ އެ ކުއްޖާ އެ ވަގުތަކު ހުރި ތަނަކަށް ވަނުން
އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުން
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުން
ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުން
އެނގިފައިވާ ގޮތުގައި ނަބީލް، އަކީ އަމީނިއްޔާ ސްކޫލުގެ ޓީޗަރެކެވެ. ހުޅުމާލޭގައި ހުންނަ އެ ދަރިވަރުގެ ގެއަށް މިދިޔަ އޮކްޓޯބަރު 21 ގައި އޭނާ ދިޔައީ ޓިއުޝަން ދިނުމަށެވެ.
ނަމަވެސް، އެ ކޮޓަރީގައި އޮއްވާ އަންހެން ކުއްޖާގެ މަންމަ ދޮރު ހުޅުވުމުން، އޭނާ ފިލަން ވަނީ ފާހަނާއަށެވެ. އަދި ފާހަނާގެ ދޮރު ހުޅުވުމުން އޭނާ ދުވެ، ފިލީ އެވެ.
ފުލުހުންނަށް އެ މައްސަަލަ ރިޕޯޓްކުރީ އެ ކުއްޖާގެ އާއިލާއިންނެވެ. އެއާއެކު، ހަމަ އެ ރޭ މަގުމަތިން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއިން އެފޯޑެބަލް ހައުސިންގ މަޝްރޫއު ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި
21 މިނިޓު ކުރިން

ހުއްދަނެތި ފައިސާގެ މުއާމަލާތް ކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި
22 މިނިޓު ކުރިން

ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރަން އެމްއޭސީއެލް އާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
2 ގަޑިއިރު ކުރިން

އެއް ނަމްބަރުގައި އުޅަނދު ބޭއްވޭނީ 10 ދުވަސް ވަންދެން: އެމްޕީއެލް
2 ގަޑިއިރު ކުރިން


