logo

ރަމަޟާން މަހުގެ އުމްރާއަށް ދާއިރު ވެކްސިން ފުރިހަމަކުރަން އެދިފި

profile

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 13:17

އަންނަ އަހަރުގެ ރަމަޟާންމަހު އުމްރާ އަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކުން ވެކްސިން ފުރިހަމަކޮށް ނިންމުމަށް ދަމަނަވެށިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ހަމަކުރަން ޖެހޭނޭކަމަށް ދަމަނަވެށިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ފެބްރުއަރީމަހުގެ 10 ވަނަ ދުވަހުގެ ކުރިން ވެކްސިން ފުރިހަމަކޮށް ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެއްވެސް ސަބަބަކާއި ހުރެ ރަމަޟާންމަސް ފެށުމުގެ ކުރިން ވެކްސިން ނުޖެހޭ ފަރާތްތަކަށް، ރަމަޟާންމަހުގެ ރޭތަކުގެ ތެރެއިން ދަމަނަވެށިން ޚިދުމަތް ދިނުމަށް ކަނޑައަޅާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އުމްރާ އަށް ދާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ވެކްސިން ފުރިހަމަކުރުމަށް ދަމަނަވެއްޓަށް އަންނައިރު، އެފަރާތެއްގެ އައިޑީ ކާޑާއި ޕާސްޕޯޓް އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖާއި ޢުމްރާ އަށް ދިއުމަށް އެއްވެސް ވެކްސިން ޖަހާފައިވާނަމަ ވެކްސިން ޖެހި ކާޑު އަދި ކުޑައިރުގެ ވެކްސިން ކާޑު އޮތްނަމަ އެތަކެތި ގެނައުމަށް ވަނީ އެދިފައެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި ރާއްޖެއިން ގިނަ އަދަދެއްގެ މީހުން އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮންމެ އަހަރެއްގެވެސް ސްކޫލް ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ޒިޔާރަތްކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay