logo

އިސްރާއީލުން ހުޅަނގު އައްސޭރީގެ އިސްތިގުލާލަށް އަރައިގަތުމަށް ނިންމުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފި

profile

ޒިދާން މުޙައްމަދު - 23 އޮކްޓޯބަރު 2025 - 07:11

އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިސްތިގުލާލަށް އަރައިގަތުމަށް ނިންމުމުން ރާއްޖޭން އެކަން ކުށްވެރިކޮށްފިއެވެ.

https://wamco.com.mv/

ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ގެދޮރު ބޭރުކޮށްލުމަށްފަހު، އިސްރާއީލުން އެގައުމުގެ އިދާރާއެއް އުފައްދައި، ހުޅަނގު އައްސޭރީގައި ގަވައިދާ ހިލާފަށް ވަޒަންވެރިވެފައިވާ 13 ސަރަޙައްދެއް ވަކިކުރުމަށް އިސްރާއީލުން ނިންމާފައިވާތީ ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނީ، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ކަނޑައެޅިގެން ހިލާފުވާ ނިންމުމެއްގެ އިތުރުން ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރާނެ ނުރައްކާތެރި ހައްދުފަހަނަޅާ ދިއުމެއް ކަމަށް ރާއްޖެއިން ދެކޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އިސްރާއީލާއި ފަލަސްތީނު ދެމެދު ސުލްހަވެރި ހައްލެއް ހޯދުމުގެ ފުރުސަތުތަކަށް ބުރޫ އަރާނެކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މިހާރުން މިހާރަށް ފިޔަވަޅު އަޅައި އިސްރާއީލުން ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ އިދާރާތަކަށް ގޮވާލާފައެވެ.

މަޖުބޫރުން މީހުން ގެދޮރު ދޫކޮށް މީހުން އާބާދުކުރުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ބުރޫ އަރާނެ ކަމަށާއި ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި އިސްރާއީލުން ހިންގާ ހުރިހާ ޖަރީމާތަކަށް އެ ގައުމު ޖަވާބުދާރީ ކުރުމަށްޓަކައި، ބައިނަލްއަހުވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ގޮވާލާފައެވެ.

ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ތާއީދު ދެމުންދާކަން ހާމަކުރަމުން، އެ ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނަފްސު ސަލާމަތްކޮށް މިނިވަންކަމުގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށާއި، 1967 ވަނަ އަހަރާ ކުރިން އޮތް ބޯޑަރު ބިނާކޮށް، އިރުމަތީ ގުދުސް (ޖެރޫސަލަމް) އަކީ އެ ގައުމުގެ ވެރިރަށް ކަމުގައި މިނިވަން ދައުލަތެއް ގާއިމުކުރުމުގެ ހައްގަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay