logo

ބިދޭސީންގެ މިސިން ރިޕޯޓު އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 03 އޮކްޓޯބަރު 2024 - 21:07

ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން

ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން ކޮށްފައިވާ މިސިންގ ރިޕޯޓު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލުމަށް ނިންމައިފި އެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ އެކްސްޕެޓް ސިސްޓަމްގައި މިސިން ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓުގެ ރިކުއެސްޓު އަނބުރާ ގެންދިއުމަށް ވަޒީފާ ދޭ ފަރާތުން ބޭނުންވާނަމަ، އަންނަ އާދީއްތަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށް. އަދި އެ މުއްދަތު ހަމަވުމަށްފަހު ހުށަހަޅައިފިނަމަ، މިސިން ރިކުއެސްޓް ވިތުޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ މިސިން ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ، މިސިން ރިޕޯޓުކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ މިސިން ރިކުއެސްޓް އަނބުރާ ގެންދަންވާނެ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމަށްފަހު މިސިން ރިޕޯޓު އަނބުރާ ގެންދަން ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިން ރިޕޯޓު ވިތުޑްރޯވަލް ފީގެ ގޮތުގައި 10،000 ރުފިޔާގެ ސާވިސް ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

މިސިން ރިޕޯޓު ކުރުމުގެ އާ ޕްރޮސެސްއާއި އެ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދެވޭނެ ގޮތް 6 އޮކްޓޯބަރުން ފެށިގެން އެކްސްޕެޓް ސިސްޓަމްގެ ހޯމް ޕޭޖުން ފެންނާނެ ކަމަށް ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319