logo

ތިނަދޫ ޑިޓޮކްސް ސެންޓަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

profile

އައިޝަތު އިނާޝާ - 09 އޮކްޓޯބަރު 2024 - 12:30

ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

އެންޑީއޭގެ 9 ވަނަ ބޯޑު ބައްދަލުވުމުގައި، ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

މި ބައްދަލުވުމުގައި ބޯޑުން ވަނީ ތިނަދޫ ޑިޓޮކްސް ސެންޓަރުން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުންނާއި ޕްރޮގްރާމްތަކަށް ފެސިލިޓޭޓަރުންނަށް ލައިސަންސް ދޭނެ މިންގަނޑެއް ކަނޑައެޅުމަށް މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ޑްރަގް ކޯޓާއި ސީއެސްސީއާއެކު ކުރަންޖެހޭ މުހިންމު ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރުމަށްވެސް ބޯޑުން ވަނީ ނިންމަވާފައެވެ.

ސަރުކާރުން އެން.ޑީ.އޭގެ މަސައްކަތަށް އަދި މަސްތުވާތަކެތީގެ ފަރުވާދޭ ނިޒާމްތައް ހަރުދަނާކުރުމަށްޓަކައި ކުރާ ހޭދަވަނީ އެތަކެއް ގުނައެއް އިތުރުކޮށްފައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ގދ އަތޮޅުގައި ހިމެނޭ 8 ރަށު ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު އެމްއޯޔޫއެއްގައި ދާދި ފަހުން ވަނީ ސޮއިކޮށްފައެވެ.

މި އެމްއޯޔޫތަކުގެ މަޤްޞަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން މިނިސްޓްރީއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ. ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ ކުށްމަދު ކުރުމަށް ރަށު ރައްޔިތުންގެ އެކުލެވޭހެން އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރެވެ. އަދި ހުވަދު އަތޮޅު ދެކުނުބުރީގައި މިމަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއިއެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ޤާއިމްކުރުން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެއެވެ.

އެމިނިސްޓްރީން ބުނިގޮތުގައި މި އެއްބަސްވުންތަކާއެކު، މިނިސްޓްރީގެ ދަށުން ހިންގާ ހުރިޙާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ޤަބިލީއްޔަތުކަން ހުރިމިންވަރަކުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރު ހާސިލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެއެވެ.

https://int.etukuri.mv/
tel:+9607331319