logo
ފޮޓޯ: ޔާޝަރު ޕާޓީގެ އިސްވެރިޔާ ގަޑީ އައިޒެންކޮޓް

ފޮޓޯ: ޔާޝަރު ޕާޓީގެ އިސްވެރިޔާ ގަޑީ އައިޒެންކޮޓް

އިސްރާއީލުގެ އައު ސަރުކާރު އެކުލަވައިލުމުގެ ފުރުޞަތު އައިޒެންކޮޓްއަށް

profile

ޢާއިޝަތު ޢަލީ - 08 ނޮވެމްބަރު 2026 - 04:23

އިސްރާއީލުގައި ބޭއްވި އިންތިޚާބުގެ ނަތީޖާ އެއްވަރުވެ، ސިޔާސީ ގޮތުން ކުރިމަތިވި ހަރުކަށި މަސްރަޙާ ގުޅިގެން އައު ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު އެޤައުމުގެ ރައީސް އިކްސާކް ހަރްޒޮގް، އިދިކޮޅު އިއްތިޙާދުގެ ލީޑަރު އަދި ޔާޝަރު ޕާޓީގެ އިސްވެރިޔާ ގަޑީ އައިޒެންކޮޓްއަށް ދެއްވައިފިއެވެ.

https://wamco.com.mv/

އޮކްޓޯބަރު 27 ގައި ބޭއްވި އިންތިޚާބުގައި ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަނަށް އެންމެ ގިނަ ގޮނޑި ލިބުނު ނަމަވެސް، ސަރުކާރެއް އުފެއްދުމަށް ބޭނުންވާ އަޣުލަބިއްޔަތު ވަނީ ގެއްލިފައެވެ. ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓް އިސްވެ ހުންނަވާ އިދިކޮޅު ފަރާތްތަކުން ޢަރަބި ޕާޓީތަކާއެކު ގުޅުމަށް މީގެ ކުރިން ދެކޮޅު ހެދި ނަމަވެސް، ނަތަންޔާހޫގެ ހަރުކަށި ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިފައިވާ ޢަރަބި ލީޑަރުން ވަނީ އައިޒެންކޮޓްއަށް ތާއީދުކުރުމަށް ނިންމާފައެވެ.

މިއީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ނަތަންޔާހޫއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. ރައީސް ހަރްޒޮގް މި ނިންމެވުން ނިންމެވީ ޕާޓީތަކާއެކު ބޭއްވި ދިގު މަޝްވަރާތަކަށްފަހު، އައިޒެންކޮޓްއަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު އޮތްކަމަށް ފެންނާތީއެވެ.

ނަތަންޔާހޫގެ ކޯލިޝަނަށް ޕާލަމެންޓުގެ އެންމެ ބޮޑު ބްލޮކް ލިބުނު ނަމަވެސް، އެހެން ޕާޓީތަކާ ގުޅިގެން ސަރުކާރެއް އުފެއްދުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު ހަމަކުރެވޭ ގޮތެއް ނުވިއެވެ. އައިޒެންކޮޓްއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ފިކުރުގެ ގޮތުން ތަފާތު ޕާޓީތަކެއް އެއްގަލަކަށް އަރުވައިގެން ހަމަޖެހޭ ސަރުކާރެއް އެކުލަވައިލުމެވެ. މީގެ ތެރޭގައި އޭނާގެ އަމިއްލަ އިއްތިޙާދުގެ މެންބަރުންނާއި، އޭނާއަށް ތާއީދުކުރި ޢަރަބި ލީޑަރުންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް ނައްތާލުން ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319