logo

މާފަރުގައި މެޓް އޮފީހެއް އަޅަނީ

profile

އައިޝަތު އިނާޝާ - 10 ސެޕްޓެމްބަރު 2024 - 22:30

 ރާއްޖޭގެ މޫސުމާބެހޭ ވިއުގަ ތަރައްޤީކުރުމަށްޓަކައި، ރާއްޖެއާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ) އާ ދެމެދު މަޝްރޫޢު އެއްބަސްވުމުގައި ސޮއި ކުރުން - ފޮޓޯ: މިނިސްޓަރު

ރާއްޖޭގެ މޫސުމާބެހޭ ވިއުގަ ތަރައްޤީކުރުމަށްޓަކައި، ރާއްޖެއާއި އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ) އާ ދެމެދު މަޝްރޫޢު އެއްބަސްވުމުގައި ސޮއި ކުރުން - ފޮޓޯ: މިނިސްޓަރު

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫސުމާބެހޭ އިތުރު މަރުކަޒުތައް ޤާއިމުކުރުމުގެ ގޮތުން ނ. މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އެޅުމަށް އެންވަޔަމެންޓް މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ވިއުގަ ތަރައްޤީކުރުމަށްޓަކައި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖެއާއި އދ.ގެ ތިމާވެށީގެ ޕްރޮގްރާމް (ޔޫއެންއީޕީ) އާ ދެމެދުގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރމެންޓް މިނިސްޓަރު ޠާރިޤް އިބްރާހީމެވެ.

މި މަޝްރޫޢަކީ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިންގ ފެސިލިޓީ (އެސްއޯއެފްއެފް) ގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) ގެ މޫސުމާބެހޭ ވިއުގަ ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު އަޕްގްރޭޑް ކުރެވޭނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މޫސުމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ދިރާސާކުރުމުގެ ޤާބިލުކަން އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

"މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ މޫސުމާބެހޭ ދާއިރާއަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް. މީގެ ސަބަބުން އަޅުގަނޑުމެންނަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ދިރާސާކޮށް، ރަނގަޅު ނިންމުންތައް ނިންމުމަށް މަގުފަހިވެގހިވެގެންދާނެ." މިނިސްޓަރު ޠާރިޤް އިބްރާހީމް

މި މަޝްރޫޢު ފެށުމާއެކު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރު މޫސުމާބެހޭ މަރުކަޒުތައް ޤާއިމުކުރެވި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަޢުލޫމާތު އެއްކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުލެ، ހަނިމާދޫ، ކައްދޫ އަދި ގަން އެއާޕޯޓްގައި ހުންނަ މެޓް އޮފީސްތަކުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށާއި މީގެ އިތުރުން ވެސް އެއްބަސްވުމުގެ ދަށުން މާފަރުގައި މުޅިން އަލަށް މެޓް އޮފީހެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



https://int.etukuri.mv/
tel:+9607331319