logo

އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ރާއްޖޭގެ ގަސް އިންދުމުގެ ޕްރޮރްރާމުގައި ބައިވެރިވެވަޑައިގެންފި

profile

ޝުރުފާ މުހަންމަދު - 10 އޯގަސްޓު 2024 - 23:49

އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުން---- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ

އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުން---- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފައްޓާފައިވާ ޕްރޮގްރާމުގައި، އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު ބައިވެރިވެވަޑައިގެންފި އެވެ.

މިނިސްޓަރ ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ވަނީ މިއަދު ލޮނުޒިޔާރަތް ޕާކުގައި ކާނމަރަނގަ ގަހެއް އިންދަވާފަ އެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެނަރޖީ އެންޑް ޓެކްނޮލިޖީއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދެ ވަޒީރުން ގުޅިގެން ގަސް އިންދާފައިވަނީ އިންޑިޔާ ސަރުކާރުން ކުރިއަށްގެންދާ "ޕްލާންޓް ފޮ މަދަރ" ޕްރޮގުރާމުގެ ރަމްޒެއްގެވެސް ގޮތުންކަމަށެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ފައްޓާ ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އިންޑިއާގެ މިނިސްޓަރ މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައި މިވަނީ އެމަނިކުފާނު 3 ދުވަހަށް ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

https://wamco.com.mv/
tel:+9607331319