
އަސްލު ޓީވީގެ ބާބު ޕްރޮގްރާމުގައި މިނިސްޓަރ ތޯރިގު ވާހަކަ ދައްކަވަނީ--- ފޮޓޯ: އަސްލުޓީވީ
މިދިޔަ ސަރުކާރުން ކަރަންޓުގެ ޚިދުމަތް ދޭކަށް މަސައްކަތެއް ނުކުރޭ: މިނިސްޓަރ ތޯރިގު

ޝުރުފާ މުހައްމަދު - 06 އޯގަސްޓު 2024 - 06:51
ރާއްޖޭގެ ކަރަންޓުގެ ނިޒާމު އަޕްގްރޭޑްކޮށް، ރައްޔިތުންނަށް 24 ގަޑި އިރު މެދު ނުކެނޑި ކަރަންޓުގެ ޚިދުމަތް ލިބޭނެކަން ކަށަވަރުކޮށްދިނުމަށް މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކަރަންޓުގެ މައްސަލަ އޮތް ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ އަސްލުޓީވީގެ ބާބު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވީ، މިދިޔަ ފަސް އަހަރު ތެރޭގައި ކޮށްފައި ވަނީ ކަރަންޓުގެ ޚިދުމަތް ދޭން ކުރަން ޖެހޭ ކަންތައްތައް ނޫން އެހެން ކަންތައްތައް ކަމަށް.
ސްޓެލްކޯއަށް ބެލި ކަމުގައި ވިޔަސް، ފެނަކައަށް ބެލިކަމުގައި ވިޔަސް މިކަން ނެތް ކޮށްފައެއް. ފެނަކައިގަ ހުރީ އިމާރަތްތަކެއް އަޅާފައި، ކޮންމެވެސް އެއްތަނަކަށް ފޯކަސްކޮށްގެން މިކަން ކުރި ނަމަވެސް ނިމުނީނޫންތޯ؟"
އަދި ބޮޑެތި އާބާދީތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާނެ އެއްވެސް ކަމެއް އެ މުއްދަތުގެ ތެރޭގައި ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ރަށްތައް ތަރައްގީވަމުން އަންނަ އިރު، އެ އައި ސްޕީޑާއި އެއްވަރަށް އަސާސީ ޚިދުމަތް ދެވޭނެ މަގެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިއަދާ ހަމައަށް ދާއިރު އެ ރަށްރަށުގެ ޑެވެލޮޕްމަންޓަށް ކުރާ ކަންތައްތައް ކުރިއަށްދާނެ. އެކަމަކު އެކަމަށް ބޭނުންވާ ހަކަތައެއް ނޫފެއްދޭ. ހަކަތަ ނޫފެއްދޭ ހާލުގައި ބައެއް ޖަނަރޭޓަރުތައް ހުރީ އެއްވެސް ވަރަކަށް މެއިންޓެއިން ވެސް ނުކޮށް.
މިނިސްޓަރ ވިދާޅުވީ މި މައްސަލަ އަކީ ހަމަ އެކަނި އަތޮޅުތެރެއަށް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ވެސް ހާލަތު އޮތީ މިގޮތަށް ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް އަވަސް މުސްތަގުބަލެއްގައި މިކަން ހައްލުނުކޮށްފި ނަމަ، މާލެ ސަރަހައްދަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް ވެސް ވިދާޅުވި އެވެ.
"މާލޭގައި ވެސް ހަމަ އެ ހާލުގަ މިއޮތީ. މިދިޔަ ފަސް އަހަރު ކޮން ކަމެއްތޯ ކުރީ ސިސްޓަމް ޑެވެލޮޕްކުރަން. އެއްކަމެއް ވެސް ނުކުރޭ. ކަމެއް ވައިރަށް ޖަނަރޭޓަރެއް ބަހައްޓައިގެން މައްސަލަ ހައްލު ކުރީ."
މިނިސްޓަރ ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއަށް އޮތީ ވިޔަފާރިވެރިންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެ ދެއަހަރު: މިނިސްޓަރު ސައީދު
4 ދުވަސް ކުރިން
ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކި ވެވޭނެ: އީސީ
5 ދުވަސް ކުރިން

2025: ރާއްޖޭއަށް އިސްލާހީ ބަދަލުތަކެއް ގެނުވި ތާރީހީ އަހަރެއް
6 ދުވަސް ކުރިން

ރައީސް ޑރ މުއިއްޒު މީލާދީ އައު އަހަރުގެ ތަހުނިޔާ ބޭރު ގައުމުތަކުގެ އިސްވެރިންނަށް ފޮނުއްވައިފި
6 ދުވަސް ކުރިން


