logo

ޕީއެންސީގެ ކެމްޕޭން މެނޭޖަރަކަށް ފަލާހް ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 30 ނޮވެމްބަރު 2025 - 04:41

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރަކަށް ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ހަމަޖައްސައިފިއެވެ.

https://wamco.com.mv/

ޕީއެންސީން ބުނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ފަލާހް ކަނޑައަޅާފައިވާ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑެންސީ އަށް ހުޅުވާލަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

ޕީއެންސީގެ ފަރާތުން އަންނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބު 80 އިންސައްތަ ކާމިޔާބު ކުރާނެ ކަމަށް އެޕާޓީގެ އިސްފަރާތްތަކުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay