
ހުޅުމާލެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ހަމަޖެހިއްޖެ

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 16:44
ޔޫރޯ މާކެޓިންގ އިން، ރާއްޖޭގައި ލޯރެންޒްގެ ރަސްމީ ޑިސްޓްރިބިއުޓަރެއްގެ ހައިސިއްޔަތުން، ލޯރެންޒް ކްލީން ޝޯރސް އިނިޝިއޭޓިވް އިފްތިތާހުކުރުމަށްޓަކައި ނޯ ޕްލާސްޓިކް މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިއްޖެއެވެ.
ނޯޕްލާސްޓިކް މޯލްޑިވްސް އާއި ޔޫރޯ މާކެޓިންގެ ފަރާތުން ވަނީ ހުޅުމާލެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ބާއްވަން ނިންމާފައެވެ.
މި ހަރަކާތަކީ ތިމާވެށި ހަމާޔަތް ކޮށް ދެމެހެއްޓެނިވި ތަރައްގީއަށް ބާރުއެޅުމަށް އަމާޒުކޮށް ގޮނޑދޮށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ހަރަކާތް އޮންނާނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވާ ދުވަހު ހެނދުނު 7:30 އިން 11:45 އަށް، ހުޅުމާލެ ފަންނު ބީޗުން ފެށިގެންނެވެ.
މި ހަރަކާތް އިންތިޒާމް ކުރާ ނޯ ޕްލާސްޓިކް މޯލްޑިވްސް އިން ވަނީ އާންމު ރައްޔިތުންނަށް މި ކަމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނޯޕްލާސްޓިކް މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ނަންނޯޓް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.


Clean Shores Initiative | No Plastic Maldives
ޔޫރޯ މާކެޓިންގ އާއި ނޯޕްލާސްޓިކް މޯލްޑިވްސް ގުޅިގެން ބާއްވާ މިހަރަކާތުގެ ސަބަބުން ދޭހަވަނީ ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީއަށް ލޯރެންޒްއިން ދުރު މުސްތަގުބަލަށް ބޮޑު ސަމާލުކަމެއް ދޭކަމެވެ. އަދި ރާއްޖޭގެ ގުދުރަތީ ދިރުންތައް ރައްކާތެރިކުރުމަށް މި ބްރޭންޑުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭކަން މިކަމުން ދައްކުވައިދެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ބައިވެރިންނަށް ބާރުއަޅަނީ އަލުން ބޭނުންކުރެވޭ ފެންފުޅިތައް ގެނެސް، ޕްލާސްޓިކް ކުނި މަދުކުރުމަށް ހީވާގިކަމާއެކު އެހީތެރިވުމަށެވެ.
މިއީ އަންނަންއޮތް ޖީލުތަކަށް ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ.
މި ހަރަކާތަށް އެހީތެރިވެދޭ މުހިންމު ބައިވެރިންނާއި އެއްބާރުލުންދޭ ފަރާތްތަކުގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، ވާމްކޯ، މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)، 14 ވަނަ މާލެ ރޯވަރ ކްރޫ، އަދި 40 ވަނަ މާލެ ސްކައުޓްސް ހިމެނެއެވެ. މި ފަރާތްތަކުގެ ބައިވެރިވުމުން މި ހަރަކާތުގެ ބާރާއި ފޯރި އިތުރުވެގެންދާނެއެވެ.






