logo

ބިދޭސީންނާއި ގުޅޭ ވަޒީފާގެ ދަފްތަރެއް އެކުލަލާލަނީ

profile

މުޙައްމަދު ފަޟްލޫން - 24 ޑިސެމްބަރު 2025 - 17:58

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފަށައިފިއެވެ

https://wamco.com.mv/

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމާ ގުޅޭ ގޮތުން ވުޒާރާއިން ނެރުނު އިއުލާނުގައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މާސް ލީގަލައިޒޭޝަން ޕްރޮގްރާމް ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް ވުޒާރާއިން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ދާޚިލީ ވުޒާރާއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއް ނެތް ބިދޭސީން މި ޢިއުލާނުގައި އެޓޭޗްކޮށްފައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ވުޒާރާއިން ކުރި އިއުލާނުގައިވެއެވެ.

އަދި މި އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް ދާޚިލީ ވުޒާރާއިން ހަމަޖެހިގެންދާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބިދޭސީންނާއި ގުޅޭ މައުލޫމާތު ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއްނެތް ބިދޭސީން އިއުލާނުގައިވާ ފޯމު ފުރިހަމަ ކުރުމަށްފަހު ވުޒާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް 1485 ގުޅުއްވައި ނުވަތަ xpat@mohst.gov.mvއަށް އީމެއިލް ކުރުމަށް ދާހިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.

އޮޕަރޭޝަން ކުރަނގި ކުރިއަށްގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން މި މަސައްކަތުގެ ދެވަނަ ފޭސްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ވަޒީރު ވިދާޅުވެފައިވަނީ މި ތިން މަސް ދުވަހުގެ ތެރޭގައި ސިސްޓަމުގެ ތެރެއިން ކުރިން ނުލިބޭ ލުއިތަކެއް އެމްޕްލޮޔަރުންނަށް ލިބިގެންދާނެ ކަމަށެވެ.

ކުރަނގި އޮޕަރޭޝަންގެ ފަހު ފޭސްގެ މަސައްކަތް 2 އޭޕްރީލް 2026 ފެށިގެން 2027 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެހިސާބުން ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބިދޭސީއަކަށް ނޫޅެވޭނެއެވެ.

މީގެ ނަތީޖާއަކަށް ވެގެންދާނީ ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ސައްޚަ މައުލޫމާތު އެނގި އަދި ބިދޭސީ މީހާއަށް ޒިންމާވާނެ އެމްޕްލޮޔަރެއް ހުރުން ކަމަށް ވެސް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay