logo

ޕީޢެންސީ އޮފީސް ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 09 ޖެނުއަރީ 2026 - 08:36

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީގެ އޮފީސް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.

https://wamco.com.mv/

ޕީއެންސީ އޮފީސް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވެލާގައި ހުޅުވި ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުންދިޔައީ ހ. ސީޓްރެކް އިމާރާތުގައެވެ.

ޕީއެންސީ އޮފީސް ހުޅުވުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވުނު ހަފްލާއަށް ޕާޓީގެ އާއްމު މެމްބަރުންނާއި ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

ޕީއެންސީއަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި މި ވަގުތު 74،048 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay