logo

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ87 އިންސައްތަ ނިމިއްޖެ

profile

ޝަހްޒާ މުޙައްމަދު - 09 ޖެނުއަރީ 2026 - 16:17

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

އެމްއޭސީއެލުން ބުނީ ފޭސް 3 ހިއްކުމުގެ 87 އިންސައްތަ ނިމިފައިވާ ކަމަށެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު، ފާއިތުވި 6 ދުވަހުގެ ތެރޭގައި އެކަނިވެސް 6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިއާއެކު މި މަޝްރޫއުގެ ދަށުން މިހާތަަނަށް 55 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، މިއީ މުޅި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތެވެ. ހުޅުމާލޭ ފޭސް ތިނަކުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/

މި މަޝްރޫއުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އިތުރު ޑްރެޖަރުތައް ގެނެސްގެން ދަނީ ބޭނުންކުރަމުންނެވެ. މި މަސައްކަތަށް ބޭނުންވާ އިތުރު ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، ދުވަސްކޮޅަކަށް މި މަޝްރޫއުގެ މަސައްކަތްތައް މެދުކަނޑާލަން ޖެހުނެވެ. މި މެދުކަނޑާލުމަށްފަހު އަލުން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އިތުރުން ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއުތަކަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މި މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކުކަމުގައި ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay