logo

ބަންގިގޮވުމުގެ މުބާރާތް " ނޫރުލް އަޛާން" ގައި ބައިވެރިވުމަށް ހުޅުވާލައިފި

profile

ޝަހްޒާ މުޙައްމަދު - 09 ޖެނުއަރީ 2026 - 11:20

ބަންގިގޮވުމުގެ މުބާރާތް "ނޫރުލް އަޛާން 1447" ގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްހުޅުވާލައިފިއެވެ.

https://wamco.com.mv/

މިފަހަރުގެ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު، އަތޮޅުތަކުގައި އޮޑިޝަން ބޭއްވުމަށްފަހު މުބާރާތް ކުރިއަށްދާނީ އަންނަ ރަމަޟާން މަހުގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވ.

މުބާރާތުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ ޢަޤީދާއަށް ލޯބި އިތުރުކުރުމާއި ބަންގި ގޮވުމުގެ ފަންނާއި ހުނަރުގެ އަގުވަޒަން ކުރުންކަމުގައި އެ މިނިސްޓްރީއިން ބުންޏެވެ.

މިމުބާރާތް ބަހާލާފައިވަނީ 2 ބުރަކަށެވެ. ފުރަތަމަ ބުރުގައި ކޮންމެ ބައިވެރިއަކަށްވެސް އެބައިވެރިޔަކު ޚިޔާރު ކުރާ ގޮތަކަށް ބަންގި ގޮވޭނެއެވެ. މިބުރުގައި ބެލުމަށް ކަނޑައަޅާފައިވަނީ ތަޖުވީދާއި، ރާގު އަދި އަޑާއި އަކުރު އަދާކުރުމުގައިވާ ސާފު ކަމާއި، އަޑުގެ ފެންވަރާއި ސުންނަތަށް ތަބާވާ މިންވަރަށެވެ. ދެވަނަ ބުރުގައި ކޮންމެ ބައިވެރިއަކާއިވެސް ޙަވާލުކުރެވޭ މަޤާމަށް ބަންގި ގޮވަން ޙަވާލު ކުރާނެއެވެ. ފުރަތަމަ ބުރުގައި ހޮވޭ ގަދަ 7 ބައިވެރިން މިބުރަށް ދަތުރު ކުރާނެއެވެ.

މިދިޔަ އަހަރުގެ ނޫރުލް ޢަޛާން 1446 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން 40 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay