
ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

މުޙައްމަދު ފަޟްލޫން - 09 ޖެނުއަރީ 2026 - 11:20
ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އައިޖީއެމްއެޗުން އިއުލާންކޮށްފިއެވެ.
ހެންވޭރުގައި ޖީޕީ ކްލިނިކެއް ބިނާކުރުމަށްޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި އިމާރާތް ތަޅައިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިޖީއެމްއެޗުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނުގައިވާ ގޮތުން، ހެންވޭރު ޖީޕީ ކްލިނިކް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ބިމުގައެވެ.
އެހެންކަމުން، އެ އިމާރާތް ތަޅައިލުމުގެ (ޑިމޮލިޝިން) މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައެވެ.
މީގެކުރިން ހެންވޭރުގައި ހިންގަމުން އައި ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހުޅުމާލެ ފޭސް 1 ގައި ހުންނަ 'އޮރެންޖު ހިޔާ' އަށް ބަދަލުކުރުމާ ގުޅިގެން، އެ އިމާރާތް މިހާރު ހުރީ ބޭނުންނުކޮށް ހުސްކޮށެވެ.
މާލެ ސަރަހައްދުގައި ޖުމުލަ 6 ޖީޕީ ކްލިނިކް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެތެރެއިން މާފަންނުގައި ހުންނަ ކްލިނިކް މިހާރު ވަނީ ހުޅުވައި ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކްލިނިކެއް އެޅުމުގެ އަމަލީ މަސައްކަތްވެސް މިހާރު ދަނީ ބާރުސްޕީޑެއްގައި ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ87 އިންސައްތަ ނިމިއްޖެ
10 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް
15 ގަޑިއިރު ކުރިން

އަނެއްކާ ވެސް ފަސް ތަނެއް ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި
15 ގަޑިއިރު ކުރިން

ބަންގިގޮވުމުގެ މުބާރާތް " ނޫރުލް އަޛާން" ގައި ބައިވެރިވުމަށް ހުޅުވާލައިފި
15 ގަޑިއިރު ކުރިން


