
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓް ގުނުން ފެށިގެން ކުރިޔަށް!

އާމިނަތު ޝަޒްލާ - 06 ޖޫން 2026 - 13:50
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިއެވެ.
މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮއްޓެއްވަނީ ބަހައްޓާފައެވެ. އެއީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ބަހައްޓާ 5 ފޮއްޓެވެ.
މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައެވެ. އަދި ވޯޓުލުން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތްނަމަވެސް، ވޯޓުލާން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުންވަނީ ވޯޓުލުމުގެ ވަގުތު ހަވީރު 5:00 ޖެހުމާ ހަމައަށް އިތުރު ކޮށްފައެވެ.
މާލޭގެ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށާފައިވަނީ ހަވީރު 05:40 ހާއިރުގައެވެ. އައްޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް 5:00 ޖެހިއިރު ބަންދުކޮށް، 05:30 ހާއިރުވަނީ ވޯޓު ގުނަން ފަށާފައެވެ. ވޮޓު ގުނާ ނިމޭނެކަމަށް ލަފާކޮށްފައިވަނީ މިރޭ 07:00 ހާއިރުގައެވެ.
މި އިންތިހާބު ބާއްވަން ނިންމާފައިވަނީ އެ ދާއިރާގެ މެމްބަރު ކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. ޕީއެންސީގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރެއްވި ސިނާންގެ ގޮނޑި ގެއްލުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނަކީ ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިހާރު ވަނީ ނިމިފައިވާއިރު، މާލެ އާއި އައްޑޫގައި ކުރިއަށް ގެންދިޔަ ވޯޓުލުން ނިމުނީ މިއަދު ހަވީރު 5 ޖަހާ ބޮޑުވި ފަހުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި
3 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
15 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
19 ގަޑިއިރު ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
19 ގަޑިއިރު ކުރިން


.gif&w=3840&q=75)