
ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް

ރިޟްވާން މޫސާ - 12 ޖޫން 2026 - 19:00
އެމްޑީީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ރައީސް ނަޝީދާއެކު މި ސަރުކާރުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ދެމި ހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަން ކަމުގައި ވާދަކުރެއްވީ މީކާއީލް އަހުމަދު ނަސީމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ދެބޭފުޅުންގެ ދެމެދުގައި ވަރަށް ބޮޑު ވޯޓުގެ ތަފާތަކުން އިންތިޙާބު ކާމިޔާބު ކުރެއްވެވީ ރައީސް ނަޝީދެވެ.
އިންތިޙާބުގެ ނަތީޖާ އާއެކު މީކާއީލްގެ ޓީމުން ވަނީ ރައިސް ނަޝީދަށް ހޫނު މަރުހަބާއެއް ކިއުއްވާފަ އެވެ. އަދި ވިދާޅުވީ ރައީސް ނަޝީދާއެކު އިސްލާހަށް މަސައްކަތް ކުރުމާއެކު މި ސަރުކާރު ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
މީކާއީލް އިތުރަށް ވިދާޅުވީ، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުންނާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއީލްގެ ޓީމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެސް ވަނީ ރައީސް ނަޝީދު ހޮވިވަޑައިގެންފިނަމަ އެމަނިކުފާނާއެކު އެމްޑީން ކުރަމުން ގެންދާ މަސައްކަތްކުގައި ދެމި ހުންނަވާނެ ކަން އިއުލާނުކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ތަފާތު ބޮޑުކޮށް ރައީސް ނަޝީދު އިންތިޙާބު ކާމިޔާބުކޮށްފި!
6 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
10 ގަޑިއިރު ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
11 ގަޑިއިރު ކުރިން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)