
30 ފޫޓުގެ ބޮޑުމަހެއް ހޯރަފުއްޓަށް ލައްގައިފި

އާމިނަތު ޝަޒްލާ - 06 ޖުލައި 2026 - 11:57
ހއ. ހޯރަފުށީގެ ހުޅަނގު ފަރާތު ފަރުމައްޗަށް، ގާތްގަނޑަކަށް 30 ފޫޓު ހުރި މަރުވެފައިވާ ބޮޑުމަހެއް މިއަދު ލައްގައިފިއެވެ.
ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި، މި ބޮޑުމަސް ފަރުމަތިން ނަގައި، ރަށުގެ ގޮނޑުދޮށުގައި މިހާރު ވަނީ ވަޅުލާފައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ކައުންސިލާއި، ފުލުހުންނާއި، އެމް.އެން.ޑީ.އެފްގެ އިތުރުން އެ ރަށުގައި މަސައްކަތްކުރާ އެމް.ޓީ.ސީ.ސީ ސައިޓުގެ މުވައްޒަފުންގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.
ކައުންސިލުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ބޮޑުމަސް އެއްގަމަށް އެރުވުމަށްޓަކައި ދެ ޑިންގީއެއްގައި ކަފުޖަހައިގެން ގެނައުމަށްފަހު، އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ވަނީ ގޮނޑުދޮށުގައި ކޮނުނު ބޮޑު ވަޅުގަނޑަކަށް ލައި ވަޅުލާފައެވެ.
މޫދުން މި މަސް ނެގި ވަގުތު ގިނަ އަދަދަކަށް ލޭ ފައިބަމުންދިޔަ މަންޒަރު ފޮޓޯތަކުން ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްއާ މާސްޓަރކާޑު ގުޅިގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
6 ގަޑިއިރު ކުރިން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން 150 ޑްރަގް ކިޓް ހަދިޔާކޮށްފި
6 ގަޑިއިރު ކުރިން

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރު
6 ގަޑިއިރު ކުރިން


.gif&w=3840&q=75)