
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން 150 ޑްރަގް ކިޓް ހަދިޔާކޮށްފި

އާމިނަތު ޝަޒްލާ - 06 ޖުލައި 2026 - 11:58
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް މަސްތުވާތަކެތި ތަހުލީލުކުރާ ކިޓްތަކެއް ހަދިޔާކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ފުލުހުންގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން މި ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ މަންދޫބުން ކަމަށްވާ އެންރިކޯ ބޮނިންގް ސެނާ އަދި މިހްޔާ އަލް ނިފެއިޑީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، އަލަށް ލިބުނު މި ޑްރަގް ޓެސްޓް ކިޓްތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބި، މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވެ، މައްސަލަތަކުގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހަދިޔާކުރި 150 ޑްރަގް ޓެސްޓް ކިޓަކީ ވަގުތުން އަދި އިތުބާރު ހުރި ނަތީޖާ ލިބޭގޮތަށް ފަރުމާކޮށްފައިވާ އާލާތްތަކެކެވެ.
މި ކިޓްތަކުގެ އެހީގައި ތަފާތު ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެތީ، މިއީ ފުލުހުންގެ އޮޕަރޭޝަންތަކާއި ތަހުގީގީ މަރުހަލާތަކަށް ލިބިގެންދިޔަ މުހިންމު އެހީތެރިކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްއާ މާސްޓަރކާޑު ގުޅިގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
6 ގަޑިއިރު ކުރިން

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ހއ. މުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)