
މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރަށް!

އާމިނަތު ޝަޒްލާ - 06 ޖުލައި 2026 - 11:58
މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ތަނުން ވައްކަންކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު. ފެއަރީ، އުމުރުން 46 އަހަރުގެ އަޙްމަދު ނަޞްރު އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، 35 އަހަރުގެ ފާރިސް ޢަލީ ޝަރީފްއެވެ. މި ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މި ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަންކުރި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި މަސައްކަތުން، ސީސީޓީވީ ފުޓޭޖުތައް މެދުވެރިކޮށް ތުހުމަތުކުރެވޭ މީހުން ދެނެގަނެ، އެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، އެ ފިހާރައިން ވަގަށް ނަގާފައިވާ ލޮއިނަރު ރޯލުތައް ހޯދައި، މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްއާ މާސްޓަރކާޑު ގުޅިގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
6 ގަޑިއިރު ކުރިން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން 150 ޑްރަގް ކިޓް ހަދިޔާކޮށްފި
6 ގަޑިއިރު ކުރިން

ހއ. މުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)