
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 06 ޖުލައި 2026 - 14:06
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، މާލޭގެ ފުޑް ކޯޓުތައް ހިމެނޭ ސަރަހައްދު ބަލައި ފާސްކޮށް 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަން ޓާސްކް ފޯސްއިން ހިންގި މި ހަރަކާތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އޭގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް ފަރާތްތަކާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ފަރާތްތަކެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަކީ މި ސަރުކާރުން ނުހަނު އިސްކަންދޭ ކަމެކެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީ ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހާއްސަ މަޝްރޫއެއް ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ދަށުން، ރަށްރަށުގެ ކައުންސިލްތަކުގައި ބައޯމެޓްރިކް މައުލޫމާތު ނެގޭނެ އިންތިޒާމުތައް ހަމަޖައްސައި، ބިދޭސީންގެ ފުރިހަމަ މައުލޫމާތު ނިޒާމީ ގޮތެއްގައި ރެކޯޑުކުރެވެމުންދާކަން ފާހަގަކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްއާ މާސްޓަރކާޑު ގުޅިގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
6 ގަޑިއިރު ކުރިން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން 150 ޑްރަގް ކިޓް ހަދިޔާކޮށްފި
6 ގަޑިއިރު ކުރިން

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ހއ. މުރައިދޫން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)