

މުޙައްމަދު ފަޟްލޫން - 15 މޭ 2026 - 01:36
ދޮގު ޑޮކިއުމެންޓްރީތައް ހެދުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ވިދާޅުވީ ޑޮކިއުމަންޓްރީތައް ހެދުމުން މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމީހަކާ ބެހޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރައި އެމީހެއްގެ އަގު ވައްޓާލައި، އަބުރު ކަތިލެވިގެން ދާއިރުގައި ކެތްތެރިކަން އިސް ކުރުމަށް އިސްލާމް ދީނުގައި މަތިވެރި އިސްކަމެއް ދީފައިވާ ކަމަށާއި އެކަމުން ކެތްތެރިވާ މީހާއަށް އޮތީ ސަވާބު ކަމަށެވެ.
ގިނަ ގިނައިން ސަވާބު ދިނުމަށް އިދިކޮޅުން އެދޭނަމަ ގިނަގިނައިން ޑޮކިއުމެންޓްރީ ތައް ހެދުމަށް ރައީސް ގޮވާލެއްވިއެވެ.
ރައީސް އާއި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ގުޅުން ހީނަރުވެ އެކަމަނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުން އިދިކޮޅުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ސާޖިދާ ވަޑައިގެންނެވި ސަބަބު އޮޅުން ފިލިވައިދެއްވިއެވެ.
ރައީސް ވިދާޅުވީ ސާޖިދާ އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ ދަރިކަލުން ކައިރިއަށް ކަމަށާއި އެ ދަތުރުފުޅަކީ ދޮޅު މަހެއްވަރު ކުރިން ރޭވި ދަތުރުފުޅެއް ކަމަށެވެ. އަދި އެކަން ވެސް ބަދަލުވެފައި ވަނީ އެމީހުން ބޭނުންވާ ނެރޭޓިވް އަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ 3 ރައީސުން އެކިގައި ބައްދަލުވާން ނިންމާފައިވާތީ ރައީސް ވަނީ އެކަމަށްވެސް ބަހުގެ ވަރުގަދަ ހަމަލާއެއް އަމާޒުކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަކީ ފެއިލްވެފައި ތިބި ބައެއްކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ނާޒިމް ވަކިކުރަން 73 މެމްބަރުން ގަރާރު ހުށަހަޅައިފި
18 ގަޑިއިރު ކުރިން

ޑައިވިންގ އަށް ދިޔަ 5 މީހުން މަރުވެއްޖެ
19 ގަޑިއިރު ކުރިން

މިއަހަރު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުވުމުގެ ތައްޔާރީތައް އެމްއޭސީއެލް އިން ނިންމާލައިފި
20 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް"އެއް ފަށައިފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)