.jpeg&w=3840&q=75)
ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް"އެއް ފަށައިފި

އާމިނަތު ޝަޒްލާ - 14 މޭ 2026 - 10:40
ބޭންކް އޮފް މޯލްޑިވްސްގައި ޕްރޮފެޝަނަލް ސަނަދު ލިބިފައިވާ ފަންނީ މުވައްޒަފުން އިތުރުކުރުމުގެ މަގުސަދުގައި، އެ ބޭންކުގެ "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް" ފަށައިފިއެވެ.
މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ބޭންކަރުން ބިނާކުރުމަށްޓަކައި، ޗާޓަރޑް ބޭންކިންގ ކޮލިފިކޭޝަންތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ޖަނަވަރީ 2026 ގައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއެކު ސޮއިކުރި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ބޭންކް އޮފް މޯލްޑިވްސްގެ 30 މުވައްޒަފުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މުވައްޒަފުން ކޯސް ފުރިހަމަކުރާނެއެވެ.
މިކަމާ ގުޅޭގޮތުން ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަބަދުވެސް ގަބޫލުކުރާ ގޮތުގައި ބޭންކުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން. މެދުނުކެނޑި ފަންނީ ތަރައްގީއަށް ކުރެވޭ މަސައްކަތަކާއި، މި މުއައްސަސާ ވަރުގަދަކުރުމަށާއި މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ލިބޭ އިލްމާއި ތަޖުރިބާއަކީ މުވައްޒަފުންގެ އަމިއްލަ ކުރިއެރުމަށާއި ބޭންކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ލިބިގެންދާނެ މުހިންމު ބާރެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ހިންގަނީ މުވައްޒަފުން ތަމްރީނުކުރުމަށް ބޭންކުން ޚާއްސަކޮށްފައިވާ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށެވެ. މިއީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ބޭންކަށް ގެންނަމުންދާ ބަދަލުތަކަށް ތަންފީޒުކުރުމަށާއި، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ދެމުންދާ އަހުމިއްޔަތު ހާމަކޮށްދޭ އިންވެސްޓްމަންޓެކެވެ
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހްކޮށްފި
5 ގަޑިއިރު ކުރިން

ީއައްޑޫ ރީޖަނަލް ފްރީ ޒޯންގައި މުދާ ރައްކާކުރުމަށް ފުރުސަތު ހުޅުވާލައިފި
5 ގަޑިއިރު ކުރިން

އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރަށް
6 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރާއްޖެ ވަޑައިގެންފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)