
އައްޑޫ ރީޖަނަލް ފްރީ ޒޯންގައި މުދާ ރައްކާކުރުމަށް ފުރުސަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 14 މޭ 2026 - 07:11
އައްޑޫ ސިޓީގައި ޤާއިމްކުރާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ގައި މުދާ ރައްކާކުރުމާއި ފްރީ ޒޯންއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" (އީ.އޯ.އައި)ހުށަހެޅުމަށް 13 މެއި 2026 ވަނަ ދުވަހުން ފެށިގެން ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްޤީގެ މަގުތަކެއް ހޯދައި، ވިލުންތެރި އިޤްތިޞާދެއް ބިނާކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އައްޑޫ ސިޓީގައި "ފްރީ ޒޯން" ޤާއިމްކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ތެރޭގައެވެ.
އެމް.ޕީ.އެލްއިން ވަނީ 13 މެއި 2026 ވަނަ ދުވަހުން ފެށިގެން 11 ޖޫން 2026ގެ ނިޔަލަށް "އައްޑޫ ރީޖަނަލް ފްރީ ޒޯން" މުދާ ރައްކާކުރުމާއި ފްރީ ޒޯންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅާ މުއްދަތު ހަމަވުުމުން، ޝައުގުވެރިވާ ވިޔަފާރިތަކަށް ކުރަން ބޭނުންވާ މަސައްކަތާއި ގުޅޭ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި ބިމުގެ ލީސް އެއްބަސްވުމާއި ގުޅޭ ތަފްސީލުތައް ހިމެނޭ ގޮތަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. "އައްޑޫ ރީޖަނަލް ފްރީ ޒޯން" ސަރަހައްދުން ބިން ލިބޭ ވިޔަފާރިތައް ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހުއެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން" ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޓެރިފްވެސް މިހާރު ވަނީ ކަނޑައަޅައިފައެވެ.
• ޑިއުޓީ ފްރީ ޒޯން ހުސްބިން (ބިން ކުއްޔަށް ދޫކުރުން)
ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33 ރުފިޔާ (ޖީ.އެސް.ޓީ ނުލައި)
ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60 ރުފިޔާ (ޖީ.އެސް.ޓީ. އާއެކު)
މަހަކަށް: 1000 އަކަފޫޓަށް 4،600 ރުފިޔާ (298 ޔޫ.އެސް ޑޮލަރު)، ޖީ.އެސް.ޓީ ނުލައި
ޓެރިފް ކަނޑައަޅާފައިވާ ބިންތަކަކީ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ވިޔަފާރިތަކަށް ކަނޑައެޅިގެންދާނެ ބިންތަކެކެވެ. އެގޮތުން، ބިން ކަނޑައެޅިގެންދާނީ މި ސަރަހައްދުގައި ކުރެވެ ސިނާއީ މަސައްކަތާއި، މުދާ ތައްޔާރުކުރުމާއި، އެސެމްބެލްކުރުމާއި ގުދަންކުރުން އަދި ލޮޖިސްޓިކްސްގެ އެކި މަސައްކަތްތަކަށެވެ.
"އައްޑޫ ރީޖަނަލް ފްރީ ޒޯން"ގެ ޚިދުމަތަށް ޝައުގުވެރިވާ ވިޔަފާރިތަކުން bussiness@port.mv އަށް އީ-މެއިލް މެދުވެރިކޮށް އީ.އޯ.އައި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި އީ.އޯ.އައި އާއެކު މި ޚިދުމަތާ ގުޅޭގޮތުން މި ކުންފުނިން ދީފައިވާ ސަރވޭ ފޯމް (ފޯމް ލިންކް: https://bit.ly/4nsUEN1) ފުރިހަމަކޮށް، ހުށަހެޅޭނެއެވެ.
"އައްޑޫ ރީޖަަނަލް ފްރީ ޒޯން" ޤާއިމްކުރުމަށް އެމް.ޕީ.އެލް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ސަރުކާރުގެ ކަމާއިބޭހޭ އެހެނިހެން ވުޒާރާތަކާއި މުޢައްސަސާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
ސަރުކާރުން ވަނީ އައްޑޫ ސިޓީ އަކީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތައް އިތުރުކޮށް ކުރިއަރުވައި، ތަރައްޤީކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ މިކަމަށް ޚާއްސަކުރާ ފުރަތަމަ ސަރަހައްދަކަށް އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅައިފައެވެ
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް"އެއް ފަށައިފި
ގަޑިއިރެއް ކުރިން

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހްކޮށްފި
4 ގަޑިއިރު ކުރިން

އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރަށް
6 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރާއްޖެ ވަޑައިގެންފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)