logo

ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޯ ރާއްޖެ ވަޑައިގެންފި

profile

އާމިނަތު ޝަޒްލާ - 14 މޭ 2026 - 05:48

ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްގެ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު، ބެރީ ފޯ ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެރީއަށް މަރުހަބާ ދަންނަވާފައިވަނީ ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާގެ އިތުރުން މިނިސްޓްރީގެ އިސް އޮފިޝަލުންނެވެ.

https://wamco.com.mv/

ބެރީ ފޯ ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއީ ކިތަށް ދުވަހުގެ ދަތުރެއްކަން މިނިސްޓްރީން ހާމަކޮށްފައި ނުވާއިރު، މި ދަތުރުގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު، އިރުތިޝާމް އާދަމްއާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ދެ ގައުމުގެ ގާތް އަދި ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެެވެ. މި ބައްދަލުވުމުގައި ދެ ގައުމުން ޝައުގުވެރިވާ ކަންކަމުގައި ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ލެވެލްގައި މަޝްވަރާ ކުރުން ހިމެނެއެވެ.

މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk