
ނާޒިމް ވަކިކުރަން 73 މެމްބަރުން ގަރާރު ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 14 މޭ 2026 - 15:02
ރައްޔިތުންގެ މަޖިކީހުގެ ނައިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަކިކުރަން އެދި ގަރާރެއް ހުށަހަޅައިފިއެވެ.
ޕީއެންސީއަށް ނިސްބަތްވާ 73 މެމްބަރެއްގެ ސޮޔާއެކު ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އޭނާ ވަކިކުރަނީ ފިތުނަ އާއި ނަފްރަތު އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައެވެ. އަދި މަގާމުގެ ނުފޫޒުން ނާޖައިޒު ފައިދާ ނަންގަވައި ފިތުނަ އުފައްދަވައި ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރައްވަމުން ގެންދަވާތީ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
މި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު މީގެ ކުރިންވެސް ވަނީ ނާޒިމްގެ މައްޗަށް ކޮށްފައެވެ.
މީގެ އިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކުރަން ނާޒިިމް އިސްވެ ހުންނަވައިގެން ސިއްރިޔާތުގައި މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް ކުރެވޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ނާޒިމް ވަނީ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއިން ވަކިކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދޮގު ޑޮކުއުމެންޓަރީ ގިނަގިނައިން ހައްދަވާ، އަޅުގަނޑަށް ލިބޭނީ ފައިދާ: ރައީސް ޑރ މުއިއްޒު
8 ގަޑިއިރު ކުރިން

ޑައިވިންގ އަށް ދިޔަ 5 މީހުން މަރުވެއްޖެ
19 ގަޑިއިރު ކުރިން

މިއަހަރު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުވުމުގެ ތައްޔާރީތައް އެމްއޭސީއެލް އިން ނިންމާލައިފި
20 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ބީއެމްއެލްއިން "ޗާޓަރޑް ބޭންކަރ ޕްރޮގްރާމް"އެއް ފަށައިފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)