logo

މިއަހަރު ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރުވުމުގެ ތައްޔާރީތައް އެމްއޭސީއެލް އިން ނިންމާލައިފި

profile

މުހައްމަދު މުޝްރިފް - 14 މޭ 2026 - 13:46

މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާ ހައްޖާޖީންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ވީހާވެސް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން އެންމެ ފަހުގެ ތައްޔާރީތައް ނިންމާލައިފި އެވެ.

https://wamco.com.mv/

މިއަހަރުގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ. އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، މިއީ ވީއައިއޭގެ އާ ބައިނަލްއަގުވާމީ ޓާމިނަލް ހުޅުވިފަހުން ސައުދީ ސަރުކާރާ ގުޅިގެން "މައްކާ ރޫޓް އިނީޝިއޭޓިވް" ކުރިއަށްގެންދާ ފުރަތަމަ އަހަރު ކަމަށްވުމާއެކު، ކުރީ އަހަރުތަކާ ހިލާފަށް ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ އެވެ.

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު، މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް އެއާޕޯޓުން ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ކުރިއަށްދާނެ އެވެ. ހައްޖާޖީން އެއާޕޯޓުގައި ހޭދަކުރާ ވަގުތުތަކުގައި ނަމާދުކުރުމާއި، ފާހަނާ ބޭނުންކުރުމާއި، ފެނާއި ކާބޯތަކެތި ލިބޭނެ ހާއްސަ އިންތިޒާމްތައް ވަނީ ބޯޑިން ގޭޓު ސަރަހައްދުގައި ގާއިމުކޮށްފަ އެވެ. އަދި ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމްތަކުގެ އިތުރުން، އެއާޕޯޓަށް ދިއުމަށްޓަކައި ބަހުގެ ހިދުމަތްވެސް ވަނީ ހަމަޖައްސާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk