
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއާއި ފައިދާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 06:32
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ އާމްދަނީއާއި ފައިދާއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ބަންކަރިން ހިމެނޭހެން ތެޔޮ ވިއްކި މިންވަރު %27 އިތުރުވުމާ ގުޅިގެން، ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު %33ގެ ކުރިއެރުމެކެވެ. މީގެއިތުރުން، ކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ހަރަދުތައް އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާ ވަނީ %14 އިތުރުވެ 368 މިލިއަން ރުފިޔާއަށް އަރާފައެވެ.
މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައި އިރު %20ގެ އިތުރުވުމެކެވެ.
ޓެކްސް އަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައި ވަނީ 276 މިލިއަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިން އެއް
24 މިނިޓު ކުރިން

ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި
2 ގަޑިއިރު ކުރިން

86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފި
4 ގަޑިއިރު ކުރިން

އަންނަ ހަފުތާގައި ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ: އެމްޓީސީސީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)