logo
ޑރ ޖަމީލް

ޑރ ޖަމީލް

ރައީސް މުޢިއްޒު ހުންނެވީ "ޖާހިލެއްގެ" އަތްދަށުވެފައި - ޑރ ޖަމީލް

profile

އަހުމަދު ޒަލީފު - 24 ނޮވެމްބަރު 2023 - 17:15

ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ހުންނެވީ ޖާހިލެއްގެ އަތްދަށުވެފައިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙުމަދު މިރޭ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ޔާމީންގެ އެންމެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޖަމީލް ވިދާޅުވީ، ވެރިކަމަށް އާދެވުމާއެކު ރައީސް ޔާމީނަކީ އެއްވެސް އަގެއް ނެތް ބޭފުޅެއްގެ ގޮތުގައި، ވަރަަށް ބޮޑަށް ބާކީ ކޮށްލާފައިވާ ކަމަށާއި މިއީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ.

"ޖާހިލެއް"ގެ ގޮތުގައި ޖަމީލް އިޝާރާތް ކުރެއްވި ބޭފުޅަކީ ޕީއެންސީގެ ޗެއާރޕާސަން އަބްދުއްރަޙީމެވެ.

މާ ބޮޑު ޢިލްމެއް ހުރި އަދި ތަޖުރިބާއެއްވެސް ހުރި ބޭފުޅެއް ނޫން. އެކަަމަކު އެބޭފުޅާގެ (ޢަބްދުއްރަޙީމް)ގެ ނުފޫޒުގެ ދަށުގައި މިއަދު ރައީސް މުޢިއްޒު ހުންނެވީ - ޑރ ޖަމީލް

ޕީޕީއެމްގެ ތެރޭގައި މައްސަލަތައް ގޯސްވެފައިވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަންގައި އާދިއްތަ ދުވަހު އެދިލައްވާނެ ކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ.

ޖަމީލް ރޭ ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވަނީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ނުނަންގަވާތީއާއި ވެރިކަމަށް އާދެވުނު ހިސާބުން، ރައީސް، ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ގުޅުއްވުމުން ފޯނު ނުނަންގަވާތީ ކަމަށެވެ.

ޖަމީލް ވިދާޅުވީ، އެމަނިކުފާނުގެ އެ ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ފޮޓޯތައް ބޭނުން ކުރައްވައިގެން ވެރިކަމަށް އައިސް، އެގޮތަށް ކަންތައް ކުރެއްވުމުން އެމަނިކުފާނު އެގޮތަށް ވަޑައިގަތުމަށް ނިންމެވީ ކަމަށެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް މީގެ ދެ ދުވަސް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާއި ގުޅިގެން މިވަގުތު މަލީހް ވެސް ވަނީ ޕާޓީން ވަކިކޮށްފައެވެ.

https://wamco.com.mv/
tel:+9607331319