
ޖޭޕީއަށް މާމިގިލީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލިއްޖެ

އައިމަން ޢަބްދުއްސައްތާރު - 06 އޭޕްރީލު 2026 - 04:24
އދ. މާމިގިލީ ކައުންސިލްގެ މެޖޯރިޓީ, އެ ރަށުގެ ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއަށް ގެއްލިއްޖެއެވެ.
މާމިގިލީ ކައުންސިލްގެ މެޖޯރިޓީ މިހާތަނަށް ދަމަހައްޓަމުން އައީ ޖުމްހޫރީ ޕާޓީންނެވެ.
ނަމަވެސް، މިފަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ޖޭޕީއަށް ވަނީ އެ ކައުންސިލުގެ މެޖޯރިޓީ ގެއްލިފައެވެ.
މިގޮތުން، އެ ޕާޓީއަށް ކާމިޔާބުވީ، ކައުންސިލް ރައީސްގެ ގޮނޑިއާއި މެންބަރެއްގެ ގޮނޑިއެވެ.
ބާކީ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނުއިރު، އިދިކޮޅު އެމްޑީޕީއަށް ވަނީ އެއް ގޮނޑި ލިބިފައެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑީގެ ތިން ގޮނޑި ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ. ބާކީ ދެ ގޮނޑި ލިބުނީ ޖޭޕީއަށެވެ.
ފާހަގަކުރެވޭ ގޮތުގައި، މިފަހަރު ބޭއްވި އިންތިޚާބުގައި ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީންނެވެ. އޭގެތެރޭގައި، ފަސް ސިޓީގެ މޭޔަރުންގެ ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސްކަމުގެ ގޮނޑި ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޓޮމް އަތުން މަހިބަދޫ ދާއިރާ ގެއްލި، ދަނގެތި، މަތިވެރި އަދި ތޮއްޑޫ ދާއިރާ ބޮޑުކޮށް ޕީއެންސީއަށް!
34 މިނިޓު ކުރިން

މާލޭ ސިޓީގެ މޭޔަރުކަމުގެ ރޭހުން ބަލި ގަބޫލުކޮށް އާދަމް އާޒިމަށް މަރުހަބާ ދަންނަވަން: ޒަރިޔަންދު
ގަޑިއިރެއް ކުރިން

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގަނީ
5 ގަޑިއިރު ކުރިން

ީރާއްޖެއިން ލިބެން ހުރި ބޭހުގެ މައުލޫމާތުތައް އޮންލައިންކޮށް ބެލޭގޮތަށް ހަދަނީ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)