
ގޭހުގެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ: އެސްޓީއޯ

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 18:29
ކައްކަން ބޭނުންކުރާ ގޭސް ލިބުން ދަތިވެފައިވާ މައްސަލައަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ގޭހުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނެފައިވަނީ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖެއަށް ކައްކަން ބޭނުންކުރާ ގޭސް އެތެރެކުރަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގޭސް އާއި ވިލާ ގޭސް އިންނެވެ.
އާއްމުންގެ މެދުގައި ގޭސް ނުލިބުމުގެ ސަބަބުން ކަންބޮޑުވުންތަކެއް އޮތުމާއެކު އެސްޓީއޯ އިން ބުނެފައިވަނީ ގޭސް ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިދުވަސްވަރަކީ ދުނިޔޭގެ ބާޒާރުގަ އާއި ސަރަހައްދީ ބާޒާރުގައި ވެސް ސަޕްލައި އަށް ލޮޅުންތަކެއް އަރާފައިވާ ދުވަސްވަރެއް ކަމަށެވެ. މިކަމުގެ ސަބަބުން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިކަމަށްވާ މޯލްޑިވް ގޭސް މެދުވެރިކޮށް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސްފުޅިކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ގޭހުގެ ސަޕްލައިއަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނި ގުޅިގެން، ވަކިގޮތަކަށް ބާޒާރުގައި ގޭސް ކޮންޓްރޯލްކޮށްގެން ވިއްކުމަކީ އަބަދުވެސްކުރާކަމެއްކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ގޭސް ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި ކުރިއެކޭ އެއް ގޮތަށް 10 ކިލޯގެ ގޭސްފުޅި އަލުން ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އަދި އެސްޓީއޯ އިން ވަނީ ގޭސް ހުސްވެގެން އުޅޭ ވާހަކަ ދޮގުކޮށްފައެވެ.
ކުރިއަށް އޮތް ރޯދަމަހަށް ކައްކާ ގޭހަށް އޮތް ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރީ ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލަނީ
3 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

ރޯދަމަހު ފިހާރަތައް މެންދަމު 1 ޖަހަންދެން ކެފޭ / ރެސްޓޯރެންޓްތަކުން 3 ޖަހަންދެން ހިދުމަތްދެވޭނެ
6 ގަޑިއިރު ކުރިން

ފަލަސްތީނުގެ އިތުރު ބައެއްގެ ހަށިގަނޑުތަކެއް ފެނިއްޖެ
6 ގަޑިއިރު ކުރިން


