logo

ރީ ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލަނީ

profile

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 17:37

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓްލާން ރަޖިސްޓްރީ ވެފައިވާތަން ނޫން އެހެން ތަނަކަށް ވޯޓް ލާން ބޭނުންވާ ފަރާތްތަކުން ވޯޓް ރަޖިސްޓްރީ ކުރުމަށް މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

https://wamco.com.mv/

އިލެކްޝަންސް ކޮމިޝަންސް، އީސީ އިން ކުރި އިއުލާނެއްގައި ބުނީ ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ ތަން ނޫން އެހެންތަނަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހެނދުނު 10:00 އިން ފެށިގެން 16 ވަނަ ދުވަހުގެ މެންދުރު ފަހު 15:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

މި މުއްދަތުގައި ރަޖިސްޓްރީވާން ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް ވެސް ބުނެފައިވެއެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ، ރީ ރަޖިސްޓްރޭޝަން ޕޯޓަލް (form.elections.gov.mv) ނުވަތަ 'މައި ޕޯޓަލް' (my.elections.gov.mv) މެދުވެރިކޮށް އޮންލައިން ކޮށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މައި ޕޯޓަލް މެދުވެރިކޮށް ރީ ރަޖިސްޓަރ ވުމަށް ހުށަހަޅާއިރު ކާކުކަން އަންގައިދޭ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށާއި މައި ޕޯޓަލް އަށް ވަދެވޭނީ ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ރީ ރަޖިސްޓަރީ ވުމަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނީ 2026 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުމަށް އީސީ އިން ވަނީ އެދިފައެވެ.

އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމްވަނީ ހަމަޖެހިފައއެވެ.
އީސީގެ މައި އިދާރާ އަދި އިންތިޚާބާބެހޭ މަރުކަޒު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށްވެެސް އިއުލާނުގައި ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay