
ރޯދަމަހު ފިހާރަތައް މެންދަމު 1 ޖަހަންދެން ކެފޭ / ރެސްޓޯރެންޓްތަކުން 3 ޖަހަންދެން ހިދުމަތްދެވޭނެ

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 15:02
ފިހާރަތަކާއި ކެފޭ ރެސްރޯޓެންޓްތައް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އާއްމުކޮށްފިއެވެ.
އިކޮނޮމިކް މިިނިސްޓްރީގެ ފަރާތުން އާއްމުކުރި ބަޔާނެއްގައިވާ ގޮތުން ކުރިއަށް އޮތް ރަމަޟާން މަހު ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 05:30 އިން ފެށިގެން މެންދަމު 03:00 ޖެހުމާ ހަމައަށެވެ.
ރަމަޝާން މަސް ނިމި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ހިދުމަތް ކޮންމެ ދުވަހަކުވެސް ފަތިހު 04:30 އިން މެންދަމު 03:00 ޖެހުމާ ހަމައަށް ދެވޭނެ ކަަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މުދާ ވިއްކާ ތަންތަން ރަމަޟާން މަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހާއި ހަމައަށް ފަތިހު 05:30 އިން ފެށިގެން މެންދަމު 01:00 ޖެހުމާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި ބުނެފައިވަނީ މި ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާ ގަޑިތަކަށް ބަދަލު އާދެއެވެ.






