logo

ރޯދަމަހު ކައިވެނިކޮށްދޭނެ ވަގުތުތައް ކަނޑައަޅައިފި

profile

މުޙައްމަދު ފަޟްލޫން - 09 ފެބްރުއަރީ 2026 - 13:03

ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ވަގުތުތައް އެ ކޯޓުން މިއަދު އާންމުކޮށްފިއެވެ.

https://wamco.com.mv/

ފެމިލީ ކޯޓުން ނެރުނު އިޢުލާނެއްގައިވާ ގޮތުން، ރަމަޟާން މަހު ކޯޓުގެ ތެރޭގައާއި ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ވަކި ހާއްސަ ގަޑިތަކެއް ވަނީ ކަނޑައަޅާފައެވެ.

ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9:30 އިން 12:00 އަށް، މެންދުރުފަހު 2:00 އިން 4:30 އަށް، އަދި ރޭގަނޑު 9:45 އިން 11:45 އަށެވެ.

ހަފުތާ ބަންދު ދުވަސްތައް ކަމަށްވާ ހުކުރު އަދި ހޮނިހިރު ދުވަހު ކޯޓުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:45 އިން 10:45 އަށެވެ.

ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ މެންދުރުފަހު 2:00 އިން 4:30 އަށް އަދި ރޭގަނޑު 9:45 އިން 10:45 އަށެވެ. ހުކުރު ދުވަހު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ ހަމައެކަނި ރޭގަނޑު 9:45 އިން 10:45 އަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay