logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ތުރުކީއިން ދެއްވި މަނަވަރަކީ މިހާތަނަށް ތައާރަފްކުރެވުނު އެންމެ ބޮޑު އަސްކަރީ މަނަވަރު: ރައީސް

profile

މުޙައްމަދު ފަޟްލޫން - 07 ފެބްރުއަރީ 2026 - 10:27

ތުރުކީއިން ހަދިޔާކުރި މަނަވަރަކީ ސިފައިންގެ ހިދުމަތަށް މިހާތަނަށް ތައާރަފްކުރެވުނު އެންމެ ބޮޑު އަސްކަރީ މަނަވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރިޔާސީ ބަޔާނުގައި ރައީސް ވަނީ ސިފައިންގެ ހިދުމަތަށް ގެނެވުނު މުހިއްމު ބަދަލުތަކާއި އެހިދުމަތް ކުރިއެރުވުމަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ގައުމީ ދިފާއީ ބާރުގެ ހުރިހާ ދާއިރާއެއްގެ ހިދުމަތުގެ ފެންވަރު މަތިކުރަން މިސަރުކާރުން ހުސްވި އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެތެރެއިން 3 އުޅަނދު ހިދުމަތަށް ނެރެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުޅަނދުތައް އިތުރުކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން މިއަހަރުގެ ތެެރޭގައި އިތުރު 17 އުޅަނދު ހިދުމަތަށް ނެރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރު ތެރޭގައި ސިފައިންގެ ހިދުމަތަށް ނެރެވޭނެ ކަމަށް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

އެމްއެންޑީއެފްގެ އެއަރކޯ ތަރައްގީކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފުރަތަމަ އެއަރ ސްޓޭޝަން ހުސްވި އަހަރު އައްޑޫ ސިޓީގައި ބިނާކޮށް ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި ށ ފުނަދޫގައި ހަދަމުންދާ އެއަރ ސްޓޭޝަންގެ މަސައްކަތް މިއަހަރު ނިންމައި ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ މެރިންކޯއަށް އެންމެ ޒަމާނީ އާމްޑް ވެހިކަލް ހުސްވި އަހަރުގެ ތެރޭގައި ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޚިދުމަތާއި، އިމަރޖެންސީ އޮޕަރޭޝަންގެ ޚިދުމަތާއި، ސިފައިންގެ އޮޕަރޭޝަނަލް ލޮޖިސްޓިކްސްއާއި އެކޮމޮޑޭޝަނާއި، އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހިފައިވާ ކަން ރައީސް ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. އަދި ސިފައިންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހުރިހާކަމަކަށް އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay