އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ތަހުގީގު ފަށައިފި

މުޙައްމަދު ފަޟްލޫން - 19 މާރިޗު 2026 - 14:23
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން ތަހުގީގު ފަށައިފިއެވެ.
ރޭ މާލޭގެ މާފަންނުގައި ހުރި ގުދަނެއްގައި އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން އާއްމުކުރި ބަޔާނެއްގައިވަނީ ބުނެފައެވެ.
ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ 21:57 އެހައިކަންހާއިރު ފުލުހުންނަށް ލިބުމައެކު ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަާވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެކެވެ.
މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަކިން ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ގެ ބަޔާނުގައި ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި
ގަޑިއިރެއް ކުރިން

2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ
5 ގަޑިއިރު ކުރިން

އީދު އުފާ ކުރިމަތިވާއިރު, މުސްލިމުންނަށް ގަދަރާއި ހައިބަތު ދެއްވުމަށް ރައީސް އެދިވަޑައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)