logo

އަންނަ ހުކުރު ދުވަހުން ފެށިގެން ވޭޕް މަނާވާނެ؛ ބިލު ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 ނޮވެމްބަރު 2024 - 11:45

ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑެއް

ދުންފަތުގެ އިސްތިއުމާލުކުރުން މަނާކަން އަންގައިދޭ ބޯޑެއް

ރާއްޖޭގައި ވޭޕް އެތެރެ ކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލު މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި ބިލާއެކު، ވޭޕް އެތެރެކުރުން މަނާކުރެވެންދެން އެތަކެތިން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ބިލު ވެސް ސަރުކާރުން ހުށަހެޅިއެވެ.

ވޭޕާއި ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ބިލް ފާސްކުރި ނަމަވެސް މިއަދު ފާސްކުރެވުނު ބިލު އޮތީ އިތުރަށް ދިރާސާކުރުމަށްޓަކައި ކޮމިޓީގައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ އީ- ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކުރުން މަނާކުރުމާއި، ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށާއި، ގާނޫނާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު އެޅޭ ގާނޫނީ ފިޔަވަޅުތައް އިތުރުކުރުމަށެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް އެތެރެކުރުން މަނާކުރުމަށް ހުށަހަޅާފައިވާ އެ ބިލުގެ ސުންގަޑި މި މަހުގެ 21 އަށް އިތުރުކުރަން ކޮމިޓީން މިދިޔަ އަންގާރައިގައި ނިންމި އެވެ. އެހެންކަމުން، ބިލުގައި ސަރުކާރުން ހުށަހަޅާފައިވާ ތާރީހަށް އެކަން ނުކުރެވިދާނެ ކަމުގެ ފުރުސަތު ވެސް އޮތެވެ.

އޭގެ އަނެއް ދުވަހު އެ ކޮމިޓީން ވަނީ އަނެއްކާ ވެސް ބައްދަލުވުމެއް ބާއްވައި ކޮމިޓީން ވަނީ މާ ބޮޑެތި އިސްލާހުތަކެއް ނުގެނެސް ބިލު އޮތް ގޮތަށް ފާސްކުރަން ނިންމާފަ އެވެ.

އެ ބިލު ފާސްކުރުމާ މެދު އެހުނު ވޯޓުގައި، އެގޮތަށް ވޯޓު ދެއްވީ 54 މެމްބަރުން ނެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ 8 މެމްބަރުން ވެސް ތިއްބެވި އެވެ.

ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިރުކުރުމާއެކު، ދުންފަތުން އުފައްދާފައި ހުރި ހުރިހާ އެއްޗެއް ވިއްކުމުގެ މުއާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުވުމަކީ މި މަހުގެ 15 ވާ ހުކުރު ދުވަހުން ފެށިގެން މަނާ ކަމަކަށް ވާނެ އެވެ.

މީގެއިތުރުން، ދައުލަތުގެ ހުރިހާ އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ ކަމަށް ސަރުކާރުން ހުށަހެޅި ބިލުގައި އޮތް ނަމަވެސް ކޮމިޓީ މަރުހަލާގައި ވަނީ ގަވާއިދަކުން ކަނޑައަޅާ ގޮތަކަށް އެކަން ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay