logo

ރާއްޖޭން ބޭރަށް ފުރަން ބައްސާމަށް ކްރިމިނަލް ކޯޓުން ހުއްދައެއް ނުދިން

profile

އަހުމަދު ޒަލީފު - 07 ފެބްރުއަރީ 2024 - 16:54

ބައްސާމް އަދީލް ޖަލީލް

ބައްސާމް އަދީލް ޖަލީލް

މަނީ ލޯންޑްރިން އާއި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ބައްދަލުވުމަކަށް ގަތަރަށް ދާން ޕާސްޕޯޓް ދޫކުރަން އެދުމުން އޭނާގެ ޕާސްޕޯޓް ދޫނުކުރަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މީގެކުރިން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ތަހުގީގު މަރުހަލާގެ ތެރޭގައެވެ. އެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ 6 ގެ ނިޔަލަށެވެ. އެކަމަކު، ބައްސާމް ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބޭރަށް ފުރައިގެން ދިއުމަށް ހުއްދައަކަށް އެދިފައެވެ. ބައްސާމް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު މުރާޖައާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު މުރާޖައާ ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ފެނުނީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމާއި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާތީއެވެ.

https://wamco.com.mv/
tel:+9607331319