
އއ. ތޮއްޑޫ މިސްކިތް
ބިރުވެރިކަމަކާ ކުރިމަތިވުމުން، ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ، އެންމެ ގާތް މީހެއްގެ ކިބައިން: ޚުޠުބާ

އާމިނަތު ޝަޒްލާ - 31 ޖުލައި 2026 - 10:52
ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު، ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ، އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ." މިއެވެ.
ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު، ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ، އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިން ކަމަށާއި، ނަމަވެސް މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ ކަމަށާއި، އަދި އެންމެ ގާތްމީހުން ވެސް ދާނީ ފިލަން ކަމަށް ކަމަށް ޚުޠުބާ ގައި ވަނީ ބުނެފައެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ މި ފަދަ ބިރުވެރި ދުވަހުގައި ވެސް މީސްތަކުން ދެބައަކަށް ބެހިގެންވާނެ ކަމަށެވެ. އެއްބައަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އެ ދުވަސް ހޭދަކުރާނޭ މީހުންނެވެ. އަނެއްބައަކީ ބިރުވެރިކަމާއި ހިތާމައިގައި އެ ދުވަސް ހޭދަކުރާނޭ މީހުންނެވެ.
ޤިޔާމަތްދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެކަމަށާއި، އެ ހިނދު އޭނާ، އޭނާގެ ކުށްތައް ވަންހަނާކުރާން މަސައްކަތްކުރާނެ ކަމަށާއި ދޮގުހަދާން އުޅޭނެކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާގެ އަނގަ ބަންދުކުރެވި، ނާގެ ގުނަވަންތައް އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނެކަމަށް ވަނީ ޚުޠުބާގައި ވިދާޅުވެފައެވެ.
ޚުޠުބާގައި ވިދާޅުވީ ޤިޔާމަތްދުވަހުން އިންސާނާ ކުޅަ އެއްވެސް ޢަމަލެއް ވަންހަނާއެއް ނުކުރެވޭނެ ކަމަށާއި، އަދި އޭނާ ކުޅަހައި ޢަމަލެއް ހިމެނިފައިވާ ފަތް، އޭނާ ކިޔައި ބެލުމަށް ޓަކައި ހާމަކުރެވޭނެ ކަމަށެވެ. އަދި އޭނާ އެ ފަތް ކިޔައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
8 ގަޑިއިރު ކުރިން

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި
10 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
ދުވަހެއް ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
ދުވަހެއް ކުރިން


