
އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ގެ ތެރެއިން.
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ 19 އިގައި ބާއްވަނީ

ރިޟްވާން މޫސާ - 03 އޯގަސްޓު 2026 - 04:53
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އެޕާޓީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެމްޕީން ކޮންގްރެސް ބާއްވާނެ ތާރީހެއް ނިންމާފައި ވަނީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮންގްރެސް 19 ވަން ދުވަު ބާއްވަން ހުށައަޅުއްވާފައިވަނީ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޖަލްސާގައި 63 މެންބަރުން ބައިވެރިވެފައިވާއިރު 19 ވަނަ ދުވަހު ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މީހުންގެ ތެރެއިން 52 މެންބަރުންގެ ތާއީދާއެކުގަ އެވެ.
ކޮންގްރެސްގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި އެވެ. ނަމަވެސް ރިޔާސަތުން ވަނީ ކޮމެޓީއެއް އެކުލަވާލުމަށް އަސާސީ ޤަވާއިދުގައި ބަޔާން ކޮށްފައި ނެތް ކަމަށް ފާހަގަ ކުރައްވައިފަ އެވެ.
އެންމެ ފަހުން އެމްޑީޕީގެ ކޮންގްރެސް އެއް ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އެމްޑީޕީގެ ކޮންގްރެސް އަކީ އެ ޕާޓީގެ މުސްތަޤުބަލާ ގުޅޭ މުހިންމު ކަންކަން އަދި ރިޔާސީ އިންތިޚާބާ ގުޅޭ މުހިންމު ނިންމުންތައް ނިންމާ މުހިންމު ބައްދަލުވުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދަތިވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
8 ގަޑިއިރު ކުރިން

މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާ ބާއްވަނީ!
16 ގަޑިއިރު ކުރިން
ވީއައިއޭ މެދުވެރިކޮށް 1 މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި، އާ ރެކޯޑެއް!
ދުވަހެއް ކުރިން

ގާތުން ދިނުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ބިންގާ: މެޑަމް ސާޖިދާ
ދުވަހެއް ކުރިން


