
މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީގެ ބޮޑު މުޒާހަރާ ބާއްވަނީ!

ރިޟްވާން މޫސާ - 03 އޯގަސްޓު 2026 - 04:51
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މި މަހުގެ 12 ވަނަ ދުވަހު އެޕާޓީން ބޮޑު މުޒާހަރާ ބާއްވަން ނިންމައިފި އެވެ.
މި މުޒާހަރާ މާލޭގައި ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ބޭއްވެވި ބައްދަލުވުމުގައި ފާސްކޮށްގެންނެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ތާާރީޚުގައި މުޒާހަރާ ކުރުމަށް ހުށަހަޅުއްވާފައި ވަނީ ރިޔާސަތުގައި އިންނެވި، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ. އެގޮތުން ތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، ސަރުކާރުގެ ދޯހަޅި ކަންކަމާ ދެކޮޅަށް މުޒަހަރާ ކުރުމަށް ރިޔާސަތުން ވަނީ ހުށަހަޅައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މުޒަހަރާ ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ވޯޓަށް އައްސަވަން ނުޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މުޒަހަރާ ކުރުމަށް އެމްޑީޕީގެ މެންބަރުން ފުރިހަމަ އަށް ތާއީދު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.
ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި އެންމެ އިސް ސަފުގައި އިދިކޮޅު މައި ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީން ވަނީ ދާދި ފަހަކުން މާލޭގައި ޑޮލަރުގެ އަގު ބޮޑުވުމާއި ގުޅިގެން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފަ އެވ. މީގެ އިތުރުން "ވަޒީފާ ބުރާސްފަތި" އަދި ލޫޓުވާލައިފި" ނަމުގައިވެސް ވަނީ ބޮޑެތި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ދަތިވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
8 ގަޑިއިރު ކުރިން

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ 19 އިގައި ބާއްވަނީ
16 ގަޑިއިރު ކުރިން
ވީއައިއޭ މެދުވެރިކޮށް 1 މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ޓްރާންޝިޕްމަންޓް މުދާ އުފުލައި، އާ ރެކޯޑެއް!
ދުވަހެއް ކުރިން

ގާތުން ދިނުމަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ ބިންގާ: މެޑަމް ސާޖިދާ
ދުވަހެއް ކުރިން


