
ރައީސް މަޢުމޫން
ރައީސް މައުމޫން ވިދާޅުވީ މިރޭ ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް

އަހުމަދު ޒަލީފު - 08 އޭޕްރީލު 2024 - 12:33
އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށް ކުރީގެ ރައީސް އަދި، ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެެއެވެ.
މިއަދު ކުރެއްވި އެކްސްއެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިރޭ ރާއްޖެއަކަށް ހަނދެއް ނުފެންނާނެ ކަމަށާއި، މާދަމާ ވާނީ ރަމަޟާން 30 އަށް ކަަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުތަކުން ފިތުރު އީދު ދުވަހަށް ވާނީ އަންނަ ބުދަ ދުވަހެވެ.
ރާއްޖޭގެ ކަލަންޑަރުގައިވާގޮތުން ޝައްވާލް މަހުގެ އެއްވަނަ ދުވަހަކީ ހޯމަ ދުވަހެވެ.
މި އަހަރު ފިތުރު އީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބްރިޖުގައި ބޯޓުތައް ޖެހުނު މައްސަލަ: ކަސްޓަމްސްގެ އިހުމާލެއް އޮތްތޯ އެންއައިސީން ބަލަން ފަށައިފި
ގަޑިއިރެއް ކުރިން

ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ގަޑިއިރެއް ކުރިން

ނައިބު ރައީސް، އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
ގަޑިއިރެއް ކުރިން

ސްކޭމްތަކުގައި ވޭތުވެދިޔަ ހަފުތާގައި 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
ގަޑިއިރެއް ކުރިން


