logo

ސްކޭމްތަކުގައި ވޭތުވެދިޔަ ހަފުތާގައި 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

profile

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 08:22

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގައި 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ ސެންޓަރުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ސްކޭމްގެ 38 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.

މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ޖުމުލަ އަދަދު 358،231.71 ރުފިޔާއަށް އަރައެވެ. އަދި ކަމާގުޅުންހުރި އިދާރާތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 151،263.63 ރުފިޔާ އަނބުރާ ހޯދިފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފުސީލު:

އޮންލައިން ވިޔަފާރި / އީ-ކޮމާސް: 15 މައްސަލަ

ބޭރު ފައިސާ މާރުކުރުން: 10 މައްސަލަ

ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުން: 4 މައްސަލަ

އިންވެސްޓްމަންޓް ސްކޭމް: 1 މައްސަލަ

އެހެނިހެން ސްކޭމްތައް: 6 މައްސަލަ

ފުލުހުން ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަފުތާގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ.

މިފަދަ އޮޅުވާލުންތައް މައިގަނޑު ގޮތެއްގައި ހިންގަނީ މީސްމީޑިއާގެ ތަފާތު މަންސަތަކާއި މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށެވެ.

އެގޮތުން ފޭސްބުކް މާކެޓްޕްލޭސް، ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، އިންސްޓަގްރާމް، ޓިކްޓޮކް އަދި އައިބޭ ފަދަ ވަސީލަތްތަކުގެ އިތުރުން، ފޯނު ކޯލްތަކާއި ފިޝިންގ ލިންކުތައް ބޭނުންކޮށްގެންވެސް މިފަދަ ޖަރީމާތައް ހިންގާކަން ފާހަގަކުރެވިފައިވާތީ، އާންމު ރައްޔިތުން މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319